ލ.މުންޑޫގައި ނަރުދަމާ އެޅުމުގެ މަސައްކަތުގެ %90 މަސައްކަތް ނިންމާލައިފި

 

އަދުގެ ރަޢީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިހްގެ ރިޔާސީ ވަޢުދުގެ ދަށުން ލ.މުންޑޫގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ނަރުދަމާ އެޅުމުގެ މަސައްކަތުގެ %90 މަސައްކަތް ނިންމާލައިފިއެވެ.

ލ.މުންޑޫގައި ނަރުދަމާ އެޅުމުގެ މަސައްކަތުގެ ބޮޑުބައިކަމަށްވާ، ބިމުގައި ވަޅުލަންޖެހޭ ހޮޅިތައް ވަޅުލާ ނިންމާލާފައި ވާއިރު . މިހާރު ކުރިއަށްދަނީ ޕަންޕް ސްޓޭޝަން ތަކާއި އައުޓްފްލޯ ގެ މަސައްކަތްތަކެވެ.

މި މަސައްކަތް ކުރިއަށްދަނީ “ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑް” އާއި ޙަވާލުކޮށްގެންނެވެ. އަދި ލ.މުންޑޫގައި ފެންހޮޅި އެޅުމުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވަނީ މި ކުންފުންޏާއެވެ.

Leave a Reply

Your email address will not be published. Required fields are marked *