ލާމަސީލު ލާމު މެރަތަންގައި މުންޑޫ ކައުންސިލުން ބައިވެރިވެ ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފި

ލާމަސީލު ލާމު މެރަތަންގައި މުންޑޫ ކައުންސިލުން ބައިވެރިވެ ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފިއެވެ. ލާމަސީލް ލާމް މެރެތަންގައި މި ކައުންސިލްގެ ފަރާތުން ވާދަކުރީ ޖުމްލަ 03 ދަރިވަރުންނެވެ. މީގެ ތެރެއިން އަލީ ޒިޔާން ވަނީ 21 ކިލޯމީޓަރ ބައި 02 ވަނަ ހޯދާފައެވެ. އަދި ޙައްވާ ލީނާޝް ވަނީ 05 ކިލޯމީޓަރ(އަންހެން) ބައިން 02 ވަނަ ހޯދާފައެވެ.

މި ދަރިވަރުން ހޯދި ކާމިޔާބީއަށް މުންޑޫ ރައްޔިތުން ވަނީ މަލުގެ ހާރުތަކުން ހޫނު މަރުހަބާއެއް ކިޔާފައެވެ. ލާމަސީލު ލާމު މެރަތަންގައި މުންޑޫ ކައުންސިލުން ބައިވެރިވި ދަރިވަރުން ތަމްރީންކޮށްދެއްވާފައިވަނީ މި ކައުންސިލްގެ ސްޕޯރޓްސް ކައުންސިލަރ ޙައްވާ ނޫރަން ނަހާރުއެވެ.

Leave a Reply

Your email address will not be published. Required fields are marked *