މުންޑޫ ބެލެނިވެރިންގެ ހިޔާގެ ޢަމަލީ މަސައްކަތް ފަށައިފި

މުންޑޫ ކައުންސިލްގެ ފަރާތުން، މުންޑޫ ބެލެނިވެރިންނަށް ޢިމާރާތްކޮށްދިނުމަށް ނިންމާފައިވާ “ބެލެނިވެރިންގެ ހިޔާ” ގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސަތްކަތް ފައްޓަވައިދެއްވީ މުންޑޫގެ ބެލެނިވެރިންނެވެ.

މި ބެލެނިވެރިންގެ ހިޔާ ނިމުމުން ބެލެނިވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެކަމަށް ކައުންސިލްގެ ރަޢީސް ވިދާޅުވިއެވެ. އެގޮތުން އަތްވާއި ވާރެއިން ރައްކާތެރިވުމުގެ އިތުރުން ބެލެނިވެރިންނަށް ސްކޫލުން އަންގަންބޭނުންވާ ބައެއް އެންގުންތައް ނޯޓިސް ބޯޑެއް މެދުވެރިކޮށް ބެލެނިވެރިންގެ ހިޔާއިން ފެންނަށް ހުންނާނެގޮތް ހަމަޖެހިގެން ދާނެކަން ފާހަގަކުރެއްވިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މުންޑޫގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންގެންދާ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *