ފަސޭހަކަމާއެކު އިސްދޫ ފެނަކަ ބަލިކޮށް މުންޑޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް

ހައްދުންމަތި އިސްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިސްދޫ ޔޫތު ޑިވެލޮޕްމަންޓްއިން އިންތިޒާމުކޮށްގެން ލ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލްމުބާރާތް ކަމުގައިވާ އައިވައިޑީ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން ހޯދައިފިއެވެ.

ހުކުރުދުވަހުގެ ރޭ އިސްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބުކުރީ5-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ ފުރަތަމަ ދެ ގޯލްވެސް މުންޑޫ ޒުވާނުންނަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 17، އަހުމަދު ހާފިޒް އެވެ. މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ތިންވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ޖާޒީ ނަންބަރު 13، އަހުމަދު ޝަފީއު (ގަފިއްޑޯ)އެވެ. މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޓީމަށް ލީޑު ފުޅާކޮށް ފަހު ދެގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 69، މަމްދޫހް އަބްދުލް ގާދިރު އެވެ.

މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކައި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ދެ ގޯލް ކާމިޔަބުކޮށްދިން މަމްދޫހް އަބްދުލް ގާދިރު އެވެ.

ޔުނިޓީ ސެމީއަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 7 ޕޮއިންޓާއެކު ގްރޫޕް އެއްވަނައިގައި އޮވެގެންނެވެ. މުންޑޫ ޒުވާނުންގެ ޖަމިއްޔާ (އެމްޒެޑްޖޭ) ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ގްރޫޕް އެއްވަނައިގަ އޮވެއެވެ.

މިއަހަރުގެ އައިވައިޑީ ކަޕަކީ އެ ޖަމިއްޔާއިން ބާއްވާ އައިވައިޑީ ކަޕްގެ 5 ވަނަ މުބާރާތެވެ. މި މުބާރާތް ކުރިޔަށް ގެންދަނީ ލ. އިސްދޫފުޓްސަލް ދަނޑުގައެވެ. މި އަހަރުގެ މުބާރާތުގެ ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އައިވައިޑީ ކަޕުގެ ޗެމްޕިއަން ޓީމަށް 14،000 ރުފިޔާ ވަނީ ހުށަހަޅާފައިވާއިރު ރަނާރަޕް ޓީމަށް 7000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *