2023 ވަނަ އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އިސްދޫ ރައްޔިތުންގެ ފަރާތުން މުންޑޫގެ ރައްޔިތުންނަށް ހަދިޔާ ފޮނުވާފި.

2004 ޑިސެމްބަރ 26 ވަނަ ދުވަހުގެ ޤައުމަށް ދިމާވި ހިތާމަވެރި ސުނާމީ ކާރިޘާ އާއި ގުޅިގެން މި ޤައުމަށް އެތައް ގޮތަކުން ވަނީ ގެއްލުން ލިބިފައެވެ. އެ ގޮތުން ލ.މުންޑޫ އަކީ ވެސް މި ކާރިސާއާއި ގުޅިގެން އަތޮޅުގެ ނިސްބަތުން އެންމެ ބޮޑު ގެއްލުންވި އެއްރަށެވެ. އެގޮތުން އެތައް ކުދިންނެއްގެ ފުރާނަގެއްލި އެތަކެއް ރައްޔިތުންނަށް ދިރިއުޅުމަށް ބިނާކޮށްފައިވާ ގެދޮރު ބިމާހަމަވެ ހާލުގައި ޖެހުނެއެވެ.

ދެންނެވުނު ސުނާމީ ކާރިސާއަށް 19 އަހަރު ވެފައިވާތީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއި އެކު ޤައުމީ ފެންވަރުގައި އެތަކެއް ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އަދި މި ހަރަކާތަތްތަކާއި ގުޅިގެން ރަށުފެންވަރުގައި ދުވަހުގެ ހާއްސަ ސުކޫތު ގެނައުންފަދަ އެތައް ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. މި ދުވަހުގައި އެންމެ ފާހަގަ ކުރެވިގެން ދިޔަ އެއްކަމަކީ ލ.މުންޑޫ ރައްޔިތުންނައް ދުވަހާއި ގުޅިގެން ލ.އިސްދޫ ރައްޔިތުންގެ ފަރާތުން އިސްދޫ ކައުންސިލްއިން މި ކައުންސިލްއަށް ފޯރުކޮށްދެއްވި ޙާއްސަ ހަދިޔާއެވެ. މި ފަދަ ނަމޫނާ ކަންކަމުގެ ސަބަބުން އެއްބަޔެއް އަނެއްބަޔަކަށް ކުރާ އިޙްތިރާމް އިތުރުވެ، އެއްބައިވަންތަ ކަން އިތުރުވެގެންދެއެވެ.

އަދި މިފަދަ ކަންކަން ފާހަގަ ކޮށް އެއްބައިވަންތަކަން އިތުރުކުރުމަކީ އަބަދުވެސް މި ކައުންސިލްގެ ފަރާތުން މަސައްކަތް ކުރާނެ ކަމެއް ކަމުގައި މި ފުރުސަތުގައި ފާހަގަ ކުރަމެވެ.

Leave a Reply

Your email address will not be published. Required fields are marked *