ނޭޝަނަލް ވަން ސްޓޮޕް ސަރވިސް” ގެ ޚިދުމަތް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް “ނޭޝަނަލް ވަން ސްޓޮޕް ސަރވިސް” ގެ ޚިދުމަތް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *