އައިވައިޑީ 2021 ކަޕްގެ ޗެމްޕިއަންކަން މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހޯދައިފި

އައިވައިޑީ 2021 ކަޕްގެ ޗެމްޕިއަންކަން މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހޯދައިފި

ހައްދުންމަތީ އިސްދޫ ޔޫތު ޑިވެލޮޕްމަންޓްއިން އިންތިޒާމުކޮށްގެން ލ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލްމުބާރާތް ކަމުގައިވާ އެފް އެފް ކޮމްޕެނީ އައިވައިޑީ ފުޓްސަލް ކަޕްގެ ތަށި މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން އުފުލާލައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ އިސްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން  އިސްދޫ ކައުންސިލްގެ ޓީމް ބަލިކޮށްގެންނެވެ. މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.  މެޗްގެ ފުރަތަމަ ހާފްގައި އިސްދޫ ކައުންސިލްގެ ޓީމް ވަނީ 2 ގޯލް ޖަހާ ކުރިހޯދާފައެވެ. މެޗްގެ ފުރަތަމަހާފްގެ ކުޅުން ނިމުނު މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 1 ގޯލް ކާމިޔާބްކޮށްފައެވެ. އަދި މެޗްގެ ދެވަނަ ހާފްގައި މުންޑޫ ޒުވާނުންގެ ޖަޢްއިއްޔާގެ ޓީމްގެ ކުޅުން ވަރުގަދަކޮށް ފަހަތުންއަރާ އިސްދޫ ކައުންސިލްގެ ޓީމް 3-2 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ތަށިވަނީ އުފުލާލާފައެވެ. މިމުބާރާތުގައި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އިސްދޫ ކައުންސިލްގެ ޓީމް ވަނީ ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މިދެމެޗްގައިވެސް  މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިންވަނީ 3-2 ގެ ނަތީޖާއަކުން އިސްދޫ ކައުންސިލް ބަލިކޮށްފައެވެ. އަދި މިއީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޓީމް އައި.ވައި.ޑީ މުބާރާތުގައި ބައިވެރި ފުރަތަމަ ފަހަރެވެ.

މުންޑޫ ޒުވާނުންގެ ޖަމިއްޔާއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު13، އަހްމަދު ޝަފީއު (1 ގޯލް)، ޖާޒީ ނަންބަރު 8، އަހުމަދު އަބްދުއްޝަކޫރު (1 ގޯލް)، ޖާޒީ ނަންބަރު 69، މަމްދޫހް އަބްދުލް ޤާދިރު (1 ގޯލް ) އެވެ.

މި މެޗުގެ މޭން އޮފްދަ މެޗަށް ހޮވިފައިވަނީ މި މެޗުގައި މޮޅުކުޅުމެއްދެއްކި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޓީމުގެ ކެޕްޓަން ޖާޒީ ނަމްބަރ 08،އަހުމަދު އަބްދުއްޝަކޫރު އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޖާޒީނަމްބަރު 08،އަހުމަދު އަބްދުއްޝަކޫރު  އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޖާޒީ ނަމްބަރު 69، މަމްދޫހް އަބްދުލް ޤާދިރު އަދި
އަލީ އިރުފާދް – އިސްދޫ ކައުންސިލް  އަހުސަން ރަޝާދު – ޓީމް ޔުނިޓީހަސަން ނަޖީބް – އިސްދޫ ކައުންސިލް ހިމެނެއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕާގެ މަޤާމަށް ހޮވިފައިވަނީ މުންޑޫ ޒުވާނުންގެ ޖަމްއިއްޔާގެ ޒުވާން ގޯލްކީޕަރ
ސައިފް ޒުފުރަތު އިސްމާއިލް

މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ލ. އިސްދޫފުޓްސަލް ދަނޑުގައެވެ. މި އަހަރުގެ މުބާރާތުގެ ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އައިވައިޑީ ކަޕުގެ ޗެމްޕިއަން ޓީމަށް 14،000 ރުފިޔާ ވަނީ ހުށަހަޅާފައިވާއިރު ރަނާރަޕް ޓީމަށް 7000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *